އަވަސް ރީލް

އަނބު މޫސުން މުޅިން ތަފާތު ސަކަރާތަކަށް

ރާ އްޖެއަށް މިއީ އަނބު މޫސުން އައިސްފައިވާ ދުވަސްވަރަށްވީ ނަމަވެސް މިފަހަރު އަނބު މޫސުން މުޅިން ތަފާތުވެއްޖެ އެވެ. ސޯޝަލްމީޑިއާގައި މުޅިން ފެންނަނީ އަނބާ ގުޅުން ހުރި ވީޑިއޯތަކާއި ފޮޓޯތަކެވެ. އަނބަކަށް ގޮތެއް ހަދާލައިގެން ފޮޓޯއެއް، ވީޑިއޯއެއް ސޯޝަލްމީޑިއާއަށް ދޫކޮށްނުލެވޭނަމަ މިދުވަސްވަރު އެ މީހަކަށް ދެން އެއްވެސް ކަމެއް އެ ނުވަނީ އެވެ.

ސޯޝަލްމީޑިއާގައި ފެންނަނީ އެންމެން "އަނބު ތެޅުމުގައި" ހަފުސް ވެގެން އުޅޭ ތަނެވެ. ޖެހުނު އެއްޗަކުން އަނބު ތަޅަނީ އެވެ. ދަނޑިބުރިއާއި ގަލުން ނުވެގެން ހެވީ ވެހިކަލްގެ ތެރޭގައި ހިމެނޭ ހައިމާކުގެ ދަތްގަނޑު ބޭނުންކޮށްގެންވެސް އަނބި ތަޅަނީ އެވެ.

ބާޒާރުގައި ވިއްކަން ހުރި ހުތް އަނބުތަކެއް -- ފޮޓޯ: އަވަސް

އަނބު ތެޅުމުގެ އިތުރުން އެ އަނބުތައް ތަޅާ ޗިސްކޮށް އެއިން އެކި ޒާތްޒާތުގެ ކެއުންތައްވެސް ތައްޔާރުކޮށް ސޯޝަލްމީޑިއާގައި ޕޯސްޓް ކޮށްފައި އެބަހުއްޓެވެ. އަނބު ތެޅުމަށްފަހު އެއިން ކޮންމެވެސް ކެއުމެއް ހަދައިގެން އާއިލީ އެއްވެސްތައް ބާއްވަމުން އެބަގެންދެ އެވެ.

މާލޭގެ ބާޒާރުގައިވެސް އަނބު ތިޔާގި އެވެ. އަނބުން ލިބޭ ސިއްހީ ފައިދާތައް ގިނަ ނަމަވެސް ބައެެއް މީހުންނަށް މިހާރު އަނބެއް ކެވެނީ އެ އަނބެއް ތަޅައިގެންނެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910