ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަވަސް ރީލް

މާބޮޑަށް ހާސް ނުވެ، ހޭލުންތެރިވޭ!

ކޮރޯނާ ވަައިރަސްއާއެކު މާލެ ތެރެ ބަދަލުވަމުންދާ ގޮތް ދައްކުވައިދޭ ވީޑިއޯ -- އަވަސް ވީޑިއޯ | އާއިމް ޒަމީރު

ބަލާއާފާތެއްގެ ގޮތުގައި ކޮވިޑް-19 ދުނިޔެއިން ކަނޑައަޅާފައިވާއިރު ރާއްޖެއިން ވަނީ ބަލާއާފާތާ ގުޅުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އެ ހިސާބުން ފެށިގެން މާލޭ ސިޓީގައި ހިމެނޭ މާލެ ތެރެ ފެންނަނީ ވަރަށް ތަފާތުކޮށެވެ.

އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ހުއްޓުވާ މާލެ ސިޓީގެ ހުރިހާ ދިމާލެއްގައި ހުރި ޕާކުތަައް ބަންދުކުރުމުން، މަގުތައް ގާތްގަނޑަކަށްހެން ހުސްވެއްޖެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން، ކާރުބާރޫ ބޮޑު މަގުތައް މަތިން ފެނުން ހުއްޓިފައި ވެއެވެ.

ފިހާރަކާއި ބާޒާރުމަތީގެ ހާލަތު ވެސް ތަފާތުވެފައި ވެއެވެ. ސަރުކާރުން އެންގި ގޮތަށް ބައެއް ފިޔަވަޅުތައް އެޅި ކަމަކު، ބައެއް މީހުން ބާޒާރުކޮށް ގެއަށް ބާވަތްތައް ވެެއްދި އެވެ. ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރާ ސެނިޓައިޒާ އާއި ސައިބޯނިފުޅިތައް ގެއަށް ވެއްދި އެވެ. މި ހާލަތުގައި އެންމެ މުހިއްމީ ރައްކާތެރިވުމެވެ. މި ބަލާއާފާތާ ގުޅިގެން އަންނަ ކަންކަމާމެދު ހާސްވުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ/

ކުރެވިދާނެ ބައެއް ކަންކަން

  • ކޮންމެހެން ދާން ޖެހިގެން ނޫނީ ބަލިމީހުނަށް ޒިޔާރަތް ނުކުރުން
  • ކެއްސާ ކިނބިހި އަޅާއިރު ނިވާކޮށް ރަނގަޅު ގޮތުގައި ޓިޝޫ ނައްތާލުން
  • މަގުމައްޗަށް ކުޅު ނުޖެހުން، ރޯގާ ނުފޮޅުން
  • ސައިބޯނި ލައިގެން އަތް ދޮވުން
  • ފަތުރާ މައުލޫމާތުގެ ތެދު ދޮގު ބެލުން