ވިޔަފާރި

ބޭނުންކުރާ ރިޒާވް އަހަރު ދުވަހުގެ ތެރޭ 32 ޕަސެންޓް އިތުރުވެއްޖެ

Mar 5, 2016
1
  • ޖުމްލަ ރިޒާވްއަކީ 591 މިލިއަން ޑޮލަރު
  • މަހުން މަހަށް ބަލާނަމަ ހަތަރު ޕަސެންޓް ދަށް
  • ޔޫޒަބަލް ރިޒާވްއަކީ 197 މިލިއަން ޑޮލަރު

ރާއްޖޭގައި ބޭނުންކުރާ ރިޒާވް އަހަރު ދުވަހުގެ ތެރޭ 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާއްމުކުރި މިދިޔަ މަހުގެ "އިގްތިސާދީ" ރިވިއުގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގެ ތެރޭގައި ހިމެނޭ "ޔޫޒަބަލް" ރިޒާވްގެ ގޮތުގައި ހުރީ 197 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާއިރު ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާނަމަ މިއީ 32 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ޔޫޒަަބަލް ރިޒާވްއަކީ ބޭރުފައިސާގެ އެކި މުއާމަލާތްތައް ވަގުތުން ވަގުތަށް ކުރަން ބޭނުންކުރާ ފައިސާ އެވެ.

އިގްތިސާދީ ރިވިއު ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގެ ގޮތުގައި 591.9 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހަތަރު ޕަސެންޓް ދަށް އަދަދެކެވެ. އަދި ޑިސެމްބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެކެވެ.