ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 903،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 821،248 ފަތުރުވެރިންނަށްވުރެ 82،527 ފަތުރުވެރިން -- 10 ޕަސެންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 102،075 ފަތުރުވެރިން
  • ރަޝިއާ: 91،618 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 85،840 ފަތުރުވެރިން
  • އިޓަލީ: 75،648 ފަތުރުވެރިން
  • ޖަރުމަނު: 73،059 ފަތުރުވެރިން
  • އިންޑިއާ: 54،576 ފަތުރުވެރިން
  • ފްރާންސް: 32،407 ފަތުރުވެރިން
  • އެމެރިކާ: 31،893 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 21،498 ފަތުރުވެރިން
  • ޕޮލެންޑް: 17،475 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 5،831 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 856 ގެސްޓްހައުސް އާއި 149 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ.