ހަބަރު

މެޑަމް ސާޖިދާގެ ދޮންބައްޕަ އަވާހަރަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕަ -- ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހީމް އަވަހާރަވެއްޖެ އެވެ.

އަލީ އަވާހަރަވީ އުމުރުންފުޅުން 78 އަހަރުގައި ރޭ ފަތިހު ވަގުތެއްގައެވެ.

އަލީ އިބްރާހީމްގެ މޫނު ދެއްކުމާއި ކަށު ނަމާދު މިއަދު އޮތީ އިސްލާމީ މަރުކަޒުގައެވެ.

އަލީގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ސާޖިދާގެ ދޮންބައްޕަ އަވަހާރަވުމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީގެ އިސް ބޭފުޅުން ގެންދަވަނީ އެކަމަނާއަށް ތައުޒިޔާ ވިދާޅުވަމުންނެވެ.