ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިމަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކުރެއްވި އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭ ގޮތުން މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.

މިއީ ރައީސްގެ އަމިއްލަ ދަތުރުފުޅަކަށް ވާތީ މިދަތުރުފުޅުގެ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އިނގިރޭސިވިލާތަކީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މަތީ ތައުލީމުގެ ބައެއް މަރުހަލާތައް ފުރިހަމަ ކުރެއްވި ގައުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910