އުރީދޫ

ޔޫރޯގެ ހުރިހާ މެޗެއް ބެލޭ ސޮނީ ލިވް ޕެކްސް އުރީދޫއިން ތައާރަފްކޮށްފި

ޔޫރޯ 2024 ސޮނީ ލިވް އިން ފަސޭހަކަމާއެކު ބެލޭނެ ހާއްސަ ޕެކްތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނީ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަޝިޕްގެ އިތުރުން 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާ އެކު ލިބޭނެ ކަމަށެވެ.

މި ހާއްސަ އޮފާގެ ސަބަބުން ކަސްޓާމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވް އިން ޔޫއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވޭނެ ކަމަށްވެސް އުރީދޫ އިން ބުނެ އެވެ.

ސޮނީ ލިވް ޕެކްސްއާ އެކު ފުޓްބޯޅައަށް ޝައުގުވެރިވާ މީހުންނަށް ޔޫރޯގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފޯނުން، ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް ބެލޭނެ އެވެ.

މި ޕެކޭޖާއެކު މުބާރާތުގެ ލައިވް ބްރޯޑްކާސްޓްތައް މެދުނުކެނޑި ސްޓްރީމް ކުރުމުގެ އިތުރުން 40،000 އަށް ވުރެ ގިނަ ގަޑިއިރުގެ ޝޯތައް ފެނިގެންދާނެ އެވެ. އެއީ އެކްސްކްލޫސިވް ލިވް އޮރިޖިނަލްސް އިން ފެށިގެން އިންޓަނޭޝަނަލް ސީރީޒް އާއި ސޮނީ ޓީވީގެ ހުރިހާ ޝޯއެއް އަދި ލައިވް ސްޕޯޓްސްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނިގެންދާނެ އެވެ.

އުރީދޫގެ ސޮނީ ލިވް ޕެކްތަކާ އެކު ޔުއެފާ ޔޫރޯގެ އުފާވެރިކަމާއި ފުޓުބޯޅަ ފޯރި ކަސްޓަމަރުންގެ ތެރޭގައި އިތުރު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އުރީދު އިން ބުނެ އެވެ.