ފުވައްމުލައް

ޑްރަގު އޮޕަރޭޝަނަކަށް ހުރަސްއެޅި ހަތަރު މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި މަސްތުވާތަކެތި ގެންގުނު މީހަކު ހައްޔަރުކުރަން ފުލުހުން ކުރި މަސައްކަތަށް ހުރަސް އެޅުމާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ދޫނިގަން އަވަށުގައި މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކާ ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތަނުން އެކަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ފުލުހުންގެ ބަންދަށް ގެނެވުނު އަދި އަސްލާ ހިލާފަށް މި އޮޕަރޭޝަންގެ މައުލޫމާތު ބައެއް މަދު މީޑިއާތަކުން ގެނަަސްދީފައިވާކަންވެސް ފާހަގަކުރެވިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތް ކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާ އެކު ކުރާނެ ކަމަށެވެ.