މޯލްޑިވްސް ޕޮލިސް ސާވިސް

ބިއްލޫރި ޝީޓުތަކެއް ތަޅައިގެން ގޮޮސް ހަތަރު މީހަކަށް އަނިޔާ ވެއްޖެ

ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓު ތަކެއް ބާލަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:32 ހާއިރު ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓު ތަކެއް ބާލަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށް ބުނާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާ ވެފައިވަނީ ދެ ދިވެހިންނަށާއި ބިދޭސީ ދެ މީހަކަށް ކަމަށެވެ.

މި ހަތަރު މީހުންނަށްވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކަކުގެ ފައި ވަނީ، ތަޅައިގެން ގޮސްފައިވާ ބިއްލޫރި ތަކުގެ ދަށު ވެފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.