- ފެއާގައި ރާއްޖޭގެ ނުވަ ކުންފުނި
- 281 އޮފިޝަލުން ބައިވެރިވޭ
- ރާއްޖެއަކީ ފެއާގެ މެއިން ސްޕޮންސާ
ބުދަ ދުވަހު ބާލިންގައި ފަށާ އައިޓީބީ ފެއާގެ މެއިން ސްޕޮންސާއަކީ ރާއްޖެ އެވެ. މި ފެއާއަށް ރާއްޖޭން ވަނިީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. މިކަމަށް ހާއްސަ ޓީމުތައް ބާލިންގައި ތިބިއިރު، ފެއާ އޮންނަ ބިޔަ ސެންޓަރުގައި ދިވެހި ޓީމުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިހޯލްގެ ކޮންމެ ދިމާލަކުންވެސް ރާއްޖޭގެ އިޝްތިހާރު މި އަހަރު ފެންނާނެ އެވެ.
"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިވް އެމްޑީ ހާރިސް މުހައްމަދު ވިދާޅުވީ އައިޓީބީ ފެއާގެ ސަބަބުން ރާއްޖޭގެ މުޅި ޓޫރިޒަމަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މިމަހުގެ 9-13 އަށް ޖަރުނަމުގެ ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާގައި ބައިވެރިވުމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކާއެކު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް މިހާރު ވަނީ ޖަރުމަނުވިލާތައް ފުރާވަޑައިގެންފަ އެވެ.
މި އަހަރުގެ ފެއާގައި ރާއްޖޭން 96 ކުންފުންޏަކުން 281 އޮފިޝަލުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ރާއްޖޭގެ ސަގާފީ ގިނަ އައިޓަމްތަކެއް ދައްކާލާނެ އެވެ. އެގޮތުން ކުރުފަލި ޖެހުމާއި މާފަތި، ފަތިގަނޑު ޖެހުން އަދި ދަފި ނެގުމާއި ބަނޑިޔާ ޖެހުމުގެ އިތުރުން ބޮޑުބެރުގެ ހުރިހާ ވައްތަރެއްގެ ލަވަ ފެއާގައި ހުށަހަޅައިދޭނެ އެވެ.
ފެއާގެ ހޯލްގައި ރާއްޖޭގެ އިޝްތިހާރު ކުރުން
- 6000 ފޫޓުގެ ބޮޑު ސްޓޭންޑެއް ހުންނާނެ
- އެޑްވެންޗާ ޓޫރިޒަމްގެ ސްޓޭންޑެއް ހުންނާނެ
- ފެއާގެ 30 ހޯލްގައި ރާއްޖޭގެ އިޝްތިހާރު ފެންނާނެ
އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވެފައިވަނީ މި ފެއާގައި ރާއްޖެ އިޝްތިހާރުކުރަން ގިނަ ފުރުސަތު ތަކެއް ލިބޭނެ ކަމަށެވެ.
"އައިޓީބީގައި ބާއްވާ ގާލާ ޑިނާ ވެސް ހޮސްޓް ކުރަން ޖެހޭނެ. މި ގާލާ ޑިނާއަށް 2،000 މީހުންނަށް ރާއްޖޭގެ ފަރާތުން ދައުވަތު ފޮނުވާނެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ 100 އަށް ވުރެ ގިނަ މިނިސްޓަރުން ވެސް ހިމެނޭ. މީގައި އެންމެ މުހިންމު ކަމަކީ ރާއްޖޭން ހުށަހަޅައިދޭ އައިޓަމް،" ސަރުކާރުގެ މާކެޓިން ކުންފުނީގެ، ޑީއެމްޑީ، މޯޑު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފެއާގެ ސަބަބުން އިންވެސްޓްކުރި އަދަދުގެ 43 ޕަސެންޓް އިތުރަށް ރިޓާން އެންޑް އިންވެސްޓްމަންޓް ލިބޭނެ ކަމަށެވެ.