ރައްޔިތުންގެ މަޖިލިސް

ގިނަ ރައްޔިތުން ތާއީދުކުރާނީ ކަތީބު ސިސްޓަމަށް: ސައުދުﷲ

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
0%
0%
0%

ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރާނީ ލޯކަލް ކައުންސިލުތަކުގެ ބަދަލުގައި ކުރިންވެސް އޮތް ކަތީބު ސިސްޓަމު އަނބުރާ ގެނައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ލޯކަލް ކައުންސިލް ތަކަށް މެމްބަރުން ހޮވުމަށް ބައްވާ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބޭއްވުމަށް މަޖިލީހަށް ހުށަހެޅި ބިލްގެ މިއަދުގެ ބަހުސްގައި ސައުދުﷲ ވިދާޅުވީ ކަތީބުންނަށް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ވެެރިކަންކުރަން އެނގުނު ކަމަށެވެ.

"އެހެންވެ ގިނަ ބަޔަކު ބުނަމުންދަނީ ކަތީބު ސިސްޓަމް މާ ރަނގަޅުކަމަށް،" ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ހިންގުން ދޯދިޔާވުމާ ގުޅިގެން ރައްޔިތުންގެ އިތުބާރު ކައުންސިލްތަކަށް ގެއްލިފައިވާ ކަމަށާއި އެހެންވެ ރައްޔިތުން މިއަދު ތާއީދުކުރާނީ ކަތީބު ސިސްޓަމަށް ކަމަށެވެ.

ސައުދުﷲ ވިދާޅުވީ މިއަދު މިއީ ކަތީބު ސިސްޓަމްގެ ޒަމާން ނޫން ކަމަށާއި ޒަމާނާ އެއްގޮތަށް އިންތިހާބުތައް ބާއްވާ، ލޯކަލް ކައުންސިލުތަކަށް ހޮވަންވީ ރައީސަކާއި ނައިބް ރައީސެއް އެކަނި ކަމަށެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ މެމްބަރުން ހޮވަންވީ އިއުލާނުކޮށް، ވަޒީފާއަށް މީހުން ނަގާ އުސޫލުން ކަމަށެވެ. އޭރުން ހަރުދަނާ ރަނގަޅު ބޭފުޅުން ކައުންސިލްތައް ހިންގުމަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345