މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުން ފަސްކޮށްފި

ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކުން އަދި އެތަކެތި ބުއިމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލާ ދުވަސް ފަސްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މީގެ ކުރިން ވަނީ އެފަދަ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލާނީ މިއަދު ކަމަށް ބުނެ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ތާރީހަށް ބަދަލު ގެނެސް، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ މީހުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފްކުރާ އުސޫލަށް ބަދަލު ގެނެސް މި އުސޫލަށް އަމަލުކުރަން ފެށީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މިއުސޫލުގައި ދުންފަތާއި ނިކޮޓިންގެ ޑިއުޓީ އިނާޔަތުގެ ވާހަަކަތައްވެސް ހިމެނޭއިރު ޑިއުޓީ އިނާޔާތް އިސްތިސްނާވާ ބައެއް ތަކެތިވެސް ހިމަނާފައިވެ އެވެ.

އެގޮތުން ދުންފަތާއި، ނިކޮޓިން އެކުލެވޭ ބާވަތްތަކާއި، އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތާއި، އީ-ސިގިރެޓާއި، ޝީޝާ އަދި ފްލޭވާޑް ސިގިރެޓް ނުވަތަ އީ-ލިކުއިޑް ފަދަ ތަކެތި، ޑިއުޓީގެ އިނާޔަތް ދިނުމުން އިސްތިސްނާވާނެ އެވެ.