ސާކް

ސާކްގެ ސެކްރެޓަރީ ޖެނަރަލް ރާއްޖެ ވަޑައިގެންފި

ސައުތު އޭޝިއަން އޭސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނަރަލް އެމްޑީ ގޮލަމް ސަރުވާރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ގޮލަމްގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ބައްދަަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނަރަލްގެ ހައިސިއްޔަތު ގޮލަމް ރާއްޖެ ވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފްވުމަށް މެންބަރު ގައުމުތަކަށް ކުރައްވާ ޒިޔާރާތުގެ ތެރެއިންނެވެ.

ގޮލަމް، ސާކްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އޮކްޓޫބަރުގެ ތެރޭގައެވެ.

ގޮލަމް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.