މުހައްމަދު ސައީދު

ފަސްނުޖެހި އިންވެސްޓްކުރުމަށް މިނިސްޓަރު ސައީދު ގޮވާލައްވައިފި

ފަސްނުޖެހި ރާއްޖޭގައި އިންވެސްޓްކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު އިއްޔެ ވަނީ ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްމަންޓް މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ރާއްޖެ ތަރައްގީކުރާނެ ފިކުރާއި އެކަމަށް ބޭނުންވާނެ ފައިސާ އަދި ޓެކްނޮލޮޖީ ހުރެ އެކަން ކުރެވޭނެ ގާބިލު އިންވެސްޓަރުން ފަސްނުޖެހި އިންވެސްޓްކުރުމަށް ސައީދު އެދިވަޑައިގެންނެވި އެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ސައުދީގައި ކުރިއަށްދާ ބައްދަލުވުންތަކެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ދަނީ ބައިވެރި ވެވަޑައިގަންނަވަމުންނެވެ.