ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ވަޒީފާއަކަށް ފިލްމީ ތަރި އަލީ ސީޒަން އައްޔަންކޮށްފި އެވެ.
ސީޒަން އައްޔަންކޮށްފައިވަނީ ފަސްޓް ސެކްރެޓަރީގެ މަގާމަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އައްޔަންކުރި ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ސީޒަން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވަރަށް އިސްކޮށް މަސައްކަތް ކުރި ފިލްމީ ތަރިއެކެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށްވެސް ސީޒަން ކުރިން އިއުލާންކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހިޔާލު ދޫކޮށްލާފަ އެވެ.