މޫސާ ޒަމީރު

ލަންކާގެ ރައީސްއާއި މިނިސްޓަރު ޒަމީރު ބައްދަލުކުރައްވައިފި

0%
0%
0%

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ޒަމީރު މި ދެ ބޭފުޅުން މިއަދު ވަކިވަކިން ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ މިނިސްޓަރު ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޒަމީރު މީގެ ކުރިން ވަނީ ލަންކާގެ ބޮޑުވަޒީރު ޑިނޭޝް ގުނަވަދެނާއާވެސް ބައްދަލުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345