މޫސާ ޒަމީރު

މިނިސްޓަރު ޒަމީރު ޔޫއޭއީއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާން އާއި ޔޫއޭއީ ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް، ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަހްމަދު ނަސީރާއި، ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މިނިސްޓަރު ޒަމީރު މިފަހުން ކައިރިކައިރީގައި ވަނީ ޔޫއޭއީގެ އިތުރުން ބައެއް އެހެން އަރަބި ގައުމުތަކަށްވެސް ދަތުރުކުރައްވާފަ އެވެ.