ދުނިޔެ

ހިޒްބުﷲގެ ލީޑަރުގެ ވަރުގަދަ އިންޒާރެއް އިޒުރޭލަށް

ނަސްރުﷲ ވިދާޅުވީ އިޒުރޭލުން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފިނަމަ އެކަމުގެ ނަތީޖާ ވަރަށް ނުރައްކާތެރި ވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ހިޒްބުﷲއިން އިޒުރޭލާ ދެކޮޅަށް ފުރިހަމަ ވަރުގަދަ ހަނގުރާމައެއް ފަށާނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވީ އިޒުރޭލުން ލުބުނާނަށް ހަމަލާދޭން ފަށަައިފިނަމަ، ހިޒްބުﷲ އިން އިޒުރޭލުގެ އުތުރު ސަރަހައްދުތަކަށް ހަމަލާދޭނެ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އިޒުރޭލުގެ އާބާދީތަކަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަހަރެމެން ބޭނުމިއްޔާ އެންމެ ގަޑިއިރެއްހާއިރު ތެރޭގައި އިޒުރޭލުގެ އުތުރު ސަރަހައްދުގަައި ހުރި ހުރިހާ ފެކްޓަރީތައް ބިމާ ހަމަކޮށް ނައްތާލާން" ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲގެ މި ބަސްފުޅުތައް އަމާޒުވެފައި މިވަނީ މެދުއިރުމަތީގައި ވަރުގަދަ ހަނގުރާމައެއް ފެށުމުގެ އަލާމާތްތަކެއް ފެންނަމުންދާ ވަގުތެއްގައެވެ.

ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ ހާލަތު ވަނީ ގޯސްވެފަ އެވެ.