ދުނިޔެ

އިޒުރޭލުން އީރާނަށް ހަމަލާދޭނީ އެމެރިކާއާ ގުޅިގެން

އިޒުރޭލުން މެދުއިރުމަތީގައި ހިންގަމުންދާ ޖަރީމާތަކަށް އެންމެ ބޮޑަށް ތާއީދުކުރަނީ އެމެރިކާ އާއި އިނގިރޭސިވިލާތުންނެވެ. ޔޫރަޕްގައި ތިބި އެމެރިކާގެ ބައެއް އެޖެންޓުން -- ޖަރުނަމާއި ފަރަންސޭސިވިލާތުންވެސް އިޒުރޭލުގެ ޖަރީމާތަކަށް ތާއީދުކޮށް މަގުފަހިކޮށްދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ކިބައިން ބަދަލުހިފުމަށްޓަކައި އިޒުރޭލަށް ގޮތްފޮތްކިޔައިދީ މަގުފަހިކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާގެ ވެރިން މިހާރުވެސް އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކުގައި ހަރަކާތްތެރިވެ އެވެ.

އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންއާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން އެމެރިކާ ސިފައިން އިޒުރޭލަށް ފޮނުވުމަށްޓަކައި ޖޯ ބައިޑަން މިހާރު ވަނީ ގަރާރެއް ފާސްކުރައްވާފަ އެވެ.

އިޒުރޭލުން މެދުއިރުމަތީގައި -- ފަލަސްތީންގެ ޣައްޒާ އަދި ލުބްނާންގައި ހިންގަމުންދާ ޖަރީމާތަކުގައި، އަމަލީ މައިދާނުގައި އެމެރިކާ ސިފައިން މީގެ ކުރިން ބައިވެރިވެފައެއް ނުވެ އެވެ.

ނަމަވެސް އީރާންގެ ކިބައިން ބަދަލުހިފުމަށް އެމެރިކާ އާޢި އިޒުރޭލުން ރާމަވުންދާއިރު ހަމަލާތައް އެއްވާނެއްގައި ހިފެހެއްޓުމަށް ބޭނުންވާ އިތުރު ސިފައިން އެމެރިކާއިން ފޮނުވާނެ އެވެ.

އިޒުރޭލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން އަސްކަރީ ރޭވުްންތައް ރާވައި ސަލާމަތީ ފިޔަވަޅުތައް ދަނީ ވަރުގަދަކުރަމުންނެވެ. މިގޮތުން އެމެރިކާއިން ފޮނުވާ މިސައިލުން ދިފާއުވާ ނިޒާމުތައްވެސް ގުރީކު މެދުވެރިކޮށް އިޒުރާލަށް މިސްރާބު ޖަހާފައި ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އެމެރިކާގެ މި ރޭވުންތަކުގައި ގުރީކުގެ ބައެއް ސަރަހައްދު ބޭނުންކުރާނެ އެވެ. އަދި ސައިޕްރަސްގައި އޮންނަ އިނގިރޭސިވިލާތުގެ އަސްކަރީ ވައިގެ މަރުކަޒުވެސް ބޭނުންކުރާނެ ކަމަށް ބުނެވެ އެވެ.

އީރާނުން މީގެކުރިން ސައިޕްރަސްއަށް އޮތީ އިންޒާރު ދީފަ އެވެ. ސައިޕްރަސްގެ ބިމުން އީރާން ހަމަލާދިނުމަށް ޖާގަދީފިނަމަ، ސައިޕްރަސްއަށް ހަމަލާދޭނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާނެ ހަތިޔާރާއި ހަމަލާދޭނެ ތަންތަން އިޒުރޭލުން -- އެެމެރިކާއާ ގުޅިގެން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިޒުރޭލުން މިހާރު ކުރަމުންދާ ކަމަކީ އީރާނުން ރައްދު ހަމަލާއެއް ދީފިނަމަ، މަތަކުރާނެ ގޮތާއި ވައިގެ ތެރޭގައި ގޮއްވާލާނެ ތަކެތި ހޯދައި އަޖުމަބެލުމެވެ.