ޑރ. މުހައްމަދު މުއިއްޒު

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މަހިންދަ ޔަޕާ އަބޭވަރްދަނާއަށް ރާއްޖެއިން މަރުހަބާ ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސްރީލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން އެއީ ސްރީލަންކާގެ ތަރައްގީއާއި ފާގަތިކަމަށްވެސް ބާރުއެޅިގެންދާނެ ކަމެއް ވިދާޅުވެފަ އެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލައްވާލައްވާފަ އެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ.