ކުޅިވަރު

20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ މިނިސްޓަރު ރާފިއު ބައްދަލުކުރައްވައިފި

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ކުޅުންތެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ފޮޓޯއެއް ނަންގަވަނީ -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
0%
0%
0%

ސްޕޯޓްސް މިނިސްޓާ އަބްދުﷲ ރާފިއު އަދި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޯލާލް 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމަކީ މިމަހު 18 އިން 28 އަށް ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ރާފިއު، ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދެއްވައި، އެންމެ މަތީ ދަރަޖައަށް ވާސިލުވުމަށް މަސައްކަތް ކުރުމަށާއި، ތަށި ހޯދުމަށް ގަދައަށް ހިތްވަރު ކުރުމަށް އިރުޝާދު ދެއްވި އެވެ. މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ނޭޕާލްގައި އޮންނަ މުބާރާތުގައި ކުޅޭ 20 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންވެސް ބއިވެރިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910