ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބޮޑެތި ބާރުތަކަކާ އެކު އެމްއެފްޑީއޭ އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" މިއަދު އަލުން ގާއިމުކުރައްވައިފި އެެވެ.

މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައިވެސް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަކީ ކުރިންވެސް އުފައްދާފައިވާ އިދާރާއަކަށްވީ ނަމަވެސް އަލުން މިއަދު މިއިދާރާ އުފައްދަވާފައި މިވަނީ މިއަދު އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި އެ ނަމުގައި އިދާރާއެއް ހުންނަންވާނެ ކަމަށް ބުނެފައިވާތީ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދު އުފައްދަވާފައި މިވަނީ އެ އިދާރާއަށް ބޮޑެތި ބާރުތަކެއްވެސް ދިނުމަށްފަހު އެވެ.