ޓޫރިޒަމް

ގަދަ 10 ގައުމުން 848،000 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުން މިއަހަރުގެ މިހާތަނަށް 848،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1.3 މިލިއަން ފަތުރުވެރިންގެ ތެރެއިން 848،210 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުގެ ފަތުރުވެރިންނެވެ.

މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 64.8 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 188،229 ފަތުރުވެރިން
  • ރަޝިއާ - 141،312 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 113،943 ފަތުރުވެރިން
  • އިޓަލީ - 97،876 ފަތުރުވެރިން
  • ޖަރުމަނު - 92،792 ފަތުރުވެރިން
  • އިންޑިއާ - 77،939 ފަތުރުވެރިން
  • އެމެރިކާ - 45،084 ފަތުރުވެރިން
  • ފްރާންސް - 38،531 ފަތުރުވެރިން
  • ސްޕެއިން - 27،071 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 25،433 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 10.4 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.1 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،220 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 879 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.