ކްރިމިނަލް ކޯޓް

ބަންދުކުރަން 108 އަމުރު، ކުށްކުރުން ނުހުއްޓޭ

ރާއްޖޭގެ ރަށެއްގެ މަންޒަރެއް
0%
0%
0%

ކުދި ކުދި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރު ބަންދު ރެކޯޑް އޮތް މީހަކު، އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން އިސްލާހުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު، ބަންދު އަމުރު ރިޕޯޓެއްގައި ފާހަގަ ކުރައްވައިފި އެވެ.

ގާޒީ މިސްބާހު މިހެން ވިދާޅުވީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރި މީހެއްގެ ބަންދު އަމުރު ރިޕޯޓު ގައެވެ. އެއީ ނ. މިލަދޫ، ސޯސަންގެ، މުހައްމަދު ނައުޝާދުގެ ބަންދު އަމުރު ރިޕޯޓެވެ.

މި ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ ބަންދު ހައްޔަރުގެ އަދަދު 108 އަކަށް އަރަ އެވެ. ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި ނައުޝާދަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި އެ ބާވަތުގެ އެކިއެކި ކުދިކުދި ކުށްތަކަށް އަރައިގަންނަމުންދާ މީހެކެވެ. މި ފަހަރު އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ.

"އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ދައުވާކޮށްފައި އަދަބު ކަނޑައެޅިކަމުގައިވީ ނަމަވެސް މިއީ އެފަދަ މީހުން އިސްލާހުވުމަށް ބާރު އެޅޭ ފަދަ އަދަބެއް ކަމުގައި ނުވޭ"
ގާޒީ މުހައްމަދު މިސްބާހު | ކްރިމިނަލް ކޯޓުގެ ގާޒީ

މިފަދަ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އިސްލާހުކުރުމުގެ ނިޒާމެއްގެ ތެރެއަށް ވެއްދުމަށްފަހު، އިސްލާހުވެ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ދަސްކުރުމަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެން ތައްޔާރުވުމުން ނޫނީ އަލުން މުޖުތަމައަށް ދޫނުކުރެވޭނެ މީހުން ކަމަށް ދެކެވަޑައިގަންވާ ކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެ އެވެ.

ގާޒީ އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން އެފަދަ މީހުން އިސްލާހުވާނެ ކަމަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345