އެލައިޑް އިންޝުއަރެންސް

"އެލައިޑް ލައިފް ޕްރޮމޯޝަން" 50 ޕަސަންޓްގެ ޑިސްކައުންޓާ އެކު ލޯންޗުކޮށްފި

"އެލައިޑް ލައިފް ޕްރޮމޯޝަން"ގެ ނަމުގައި މުޅިން އައު ޕްރޮމޯޝަނެއް ލޯންޗުކޮށްފި އެވެ.

އެލައިޑް މައި އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މި ޕްރޮމޯޝަނާ ބެހޭގޮތުން މައުލޫމާތު ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އާއި މާކެޓިން މެނޭޖަރު އައިޝަތު ސުދާ އެވެ.

މިޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ގަންނަ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސަންޓްގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ލައިފް ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމުގައި އެލައިޑް އިން ބުނެ އެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިން ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެލައިޑުން ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިއަށް ގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިއަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތުދެ އެވެ.

މިމަހުގެ 13 ވަނަ ދުވަހު ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ މިހަވީރުގެ އިތުރުން އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށްވެސް އެލައިޑުން ވަނީ ރާވާފަ އެވެ.

މިޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ އެލައިޑްގެ ވެބްސައިޓްގައިވާ ލައިވް ޗެޓް ހިދުމަތްވެސް ހޯދޭނެ ކަމަށް އެލައިޑުން ބުނެ އެވެ.