ދިރާގުގެ "ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަން" ގައި މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ބައިވެރިވެގެން ލޯންޗް ހޯދުމުގެ ފުރުސަތު ދެގުނަކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ޕްރޮމޯޝަނާއެކު ޑިސެމްބަރު 15 ގެ ކުރިން ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއްލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުގެ 36 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެ ކުންފުނިން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް މަގުފަހިކޮށްދެމުންނެވެ.