ދިރާގު

ދިރާގު އޮރެންޖް ބޮކްސް ޑިވައިސްއާއެކު ގޭގެ އިންޓަނެޓަށް އިތުރު ފުރިހަމަ ކަމެއް

ދިރާގު އޮރެންޖް ބޮކްސް މެޝް ވައިފައިއާއެކު ގޭގެ އިންޓަނެޓް ކަވަރޭޖް އަދި ސިގްނަލް ވަރުގަދަކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނި ގޮތުގައި އޮރެންޖް ބޮކްސް މެޝް ވައިފައި މެދުވެރިކޮށް ހަލުވި އަދި މެދުކެނޑުމެއް ނެތް އިންޓަނެޓް ގޭގައި ތަޖުރިބާކޮށްލުމަށް މަގުފަހިވެގެންދާނެ އެވެ.

މިއީ ގޭގެ އިންޓަނެޓް ކަވަރޭޖް އަދި ސިގްނަލް ވަރުގަދަކޮށްދީ، އެކި ކޮޓަރިތަކާއި ފަންގިފިލާތަކަށް ހަލުވި ސްޕީޑްގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މި ޑިވައިސްއާއެކު ގޭގެ ހުރިހާ ދިމާލަކަށް ފަސޭހަކަމާއެކު އިތުބާރު ހިފޭ ކަނެކްޓިވިޓީ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖާ – ބްރޯޑްބޭންޑް އެންޑް ޑިވައިސްސް އަހުމަދު އިޝާން ވިދާޅުވީ ދިރާގު އޮރެންޖް ބޮކްސް މެޝް ވައިފައިއާއެކު ދިރާގު ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހަރުދަނާ އަދި ވަރުގަދަ އިންޓަނެޓް ކަނެކްޓިވިޓީ ލިބިގެންދާނެ ކަމަށެވެ.

"އެންމެ ބަލާ ހިތްވާ ޝޯތައް ސްޓްރީމްކޮށްލަން، އޮންލައިންކޮށް ގޭމު ކުޅެލަން ނުވަތަ ގޭގެ ސްމާޓް ޑިވައިސްތައް މެނޭޖްކޮށްލަންވިޔަސް މި ޑިވައިސްއާއެކު ގޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު އިންޓަނެޓްއާ ގުޅާލެވޭނެ،" އިޝާން ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި އިންސްޓޯލްމަންޓް ޕްލޭންތަކާއެކު މަހަކު އެންމެ 70 ރުފިޔާއަށް ދިރާގު އޮރެންޖް ބޮކްސް މެދުވެރިކޮށް ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ގޭގައި އިންޓަނެޓް ކަނެކްޓިވިޓީ ތަޖުރިބާކޮށްލެވޭނެ އެވެ.

އެގޮތުން ދިރާގުގެ ފައިބަ ބްރޯޑްބޭންޑް ހިދުމަތް މިހާރު ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް މި އޮފާއަށް އެޕްލައިކޮށްލެވޭނެ އެވެ. އަދި އެ ކަސްޓަމަރުންނާ އެންމެ ކައިރީގައި ހުންނަ ކަސްޓަމާ ސާވިސް ސެންޓަރުން މި ޑިވައިސް ހޯދޭނެ އެވެ.

ދިރާގު އޮރެންޖް ބޮކްސްއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް، އެފަރާތްތަކަށް އާ ހިތްގައިމު އޮފާތަކެއް ފޯރުކޮށްދިނުމަށެވެ.