ދިރާގު

ދިރާގުގެ ފައިބަ ބްރޯޑްބޭންޑްގެ އާ ޕެކޭޖްތަކާ އެކު ދެން ލިމިޓެއް ނޯންނާނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލިމިޓެއް ނެތް ގޮތަށް ފަރުމާކުރި ފައިބާ ހޯމް ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖްތައް ދިރާގުން ތައާރަފްކޮށްފި އެވެ.

މި ޕެކޭޖްތައް ދިރާގުން ތައާރަފް ކުރީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓެއް ގައެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒު ވިދާޅުވީ އެ ކުންފުނީގެ ލިމިޓެއް ނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއް ނެތި ސްޓްރީމްކޮށް، ގޭމު ކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖުތަކަކަށް ވާނެ ކަމަށެވެ.

"ދިވެހިރާއްޖެ ޑިޖިޓަލް ޒަމާނުގައި ކުރިއަރަމުންދާއިރު ހުއްޓުމެއް ނެތް، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ބޭނުން ވަނީ އިތުރުވެފައި. އެގޮތުން ދިވެހިރާއްޖެ މުވާސަލާތީ ގޮތުން ގުޅުވާލައި، ޑިޖިޓަލް މުސްތަގުބަލަށް ކަސްޓަމަރުން ތައްޔާރުކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުން ކުރާ ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދީގެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނާ ހަމައަށް އިޖާދީ، ޑިޖިޓަލް ހައްލުތައް ގެނެސްދީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް ކަމަށެވެ.

މި ޕެކޭޖުތަކާ އެކު ދިރާގު ކަސްޓަމަރުންނަށް ލިމިޓެއްނެތް 20 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީ އެމްޕީއެސް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކާ ހަމައަށް، ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބިގެންދާނެ އެވެ.


ދިރާގުން ބުނީ މިރޭ ތައާރަފްކުރި ޕެކޭޖްތަކާ އެކު ކަސްޓަމަރުންގެ ބޭނުންތަކަށް ކުރިއަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދާދި ފަހުން ދިރާގުން ވަނީ އެންމެ ފަހުގެ ގްލޯބަލް ސުޕަ-ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިން ރާއްޖެގައި އިފްތިތާހުވެސް ކޮށްފަ އެވެ. އެކަމާ ގުޅިގެން ދުނިޔޭގެ މައި އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކަށް ރާއްޖެ ސީދާ ގުޅުވާލަދީ، ރާއްޖޭގެ ބައިނަލްއަގުވާމީ ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ނެޓްވާކަކީ ރާއްޖޭގައި އެންމެ ހަލުވި ސްޕީޑްގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދޭ ނެޓްވާކެވެ. އެގޮތުން ދިރާގުގެ އިންޓަނެޓް ހިދުމަތް މިހާރު ވަނީ ރާއްޖޭގެ 95 އިންސައްތައަށް ވުރެ ގިނަ ގޭބީސީތަކަށް ފޯރުކޮށްދީފަ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.