ފިނޭންސް މިނިސްޓްރީ

ސަބްމެރިން ކޭބަލް މަޝްރޫއުގެ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީދީފި

ދިވެހި ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސަބްމެރިން ކޭބަލް މަޝްރޫއަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ނަގާފައިވާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީދީފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުން ވަނީ މި އަހަރުގެ މިހާތަނަށް ދެ ލޯނަކަށް ގެރެންޓީދީފަ އެވެ.

މި ދެ ލޯނު ނަގާފައިވަނީ ބޭންކް އޮފް ސިލޯނުންނެވެ. ލޯނަށް ގެރެންޓީ ދީފައިވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި ލޯނުތަކުގެ ތެރޭގައި ހިމެނެނީ 115.6 މިލިއަން ރުފިޔާގެ ލޯނަކާއި 7.5 މިލިއަން ޑޮލަރު (115.6 މިލިއަން ރުފިޔާ) ގެ ލޯނެކެވެ.

ދިވެހި ސަރުކާރުން ރާއްޖޭގައި އަޅަން އިއުލާންކުރި ފުރަތަމަ ސަބްމެރިން ކޭބަލް ރާއްޖޭގެ ލޭންޑިން ސްޓޭޝަނާ ގުޅާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިމަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެސްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އެވެ.

މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމާ އެކު އިންޓަނެޓް ފޯރުކޮށްދިނުމުގެ ސްޕީޑްގެ ގާބިލްކަން މިހާރަށް ވުރެ އަށްގުނަ މަތިވެގެންދާނެ ކަމަށް އޯސީއެމް އިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910