ވީއޭއެމް

ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކާވާ ޗެމްޕިއަންޝިޕަށް ލަންކާއަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ސްރީލަންކާއަށް ފުރައިފި އެވެ.

މި މުބާރާތުގައި ހަ ގައުމެއް މިއަހަރު ވާދަކުރެ އެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން ލަންކާ، އުޒްބެކިސްތާން، ކިރްގިސްތާން، ނޭޕާލް އަދި ތުރުކުމެނިސްތާން އެވެ.

މިމުބާރާތް ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގަ އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެ އެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް ލިބޭ ބައެއް ކަނޑައެޅުމަށް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.