ވީއޭއެމް

ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް އިސްމާއިލް ސާޖިދު

ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާ ޖާޒީ ހަވާލުކުރައްވަނީ
0%
0%
0%

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހުނަރުވެރި އެތުލީޓު އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހަމަޖައްސައިފި އެވެ.

މި ކަން އިއުލާނު ކުރީ ގައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވާފަ އެވެ.

2021 ވަނަ އަހަރުވެސް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ކުޑަކާއްޓޭ އަކީ ރާއްޖޭގެ ވޮލީގައި އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

މިފަހަރުގެ ކާވާ މެންސް ވޮލީ މުބާރާތް އޮންނާނީ މި މަހުގެ 18 އިން 24 ގެ ނިޔަލަށް އުޒްބެކިސްތާނުގަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ތުރުކިމެނިސްތާން، ތަޖިކިސްތާން، ނޭޕާލް، އަފްޣާނިސްތާން އަދި އުޒްބެކިސްތާން ބައިވެރިވާނެ އެވެ.

ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް އާއި، ވޯލްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް އަދި އެހެނިހެން އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910