ވީއޭއެމް

ފަސް ސެޓް ކުޅުމަށްފަހު އެޗްޑީސީން އެސޯސިއޭޝަން ކަޕް ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެންގެ ޑިވިޝަނުގެ ޗެމްޕިއަން އެޗްޑީސީ -- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން
0%
0%
0%

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެންގެ ޑިވިޝަނުގެ ޗެމްޕިއަންކަން، ރޭ ކުޅުނު ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބު 3-2 އިން ބަލިކޮށް އެޗްޑީސީ އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ގިނަ ބަޔަކަށް ހިތްގައިމު މަންޒަރުތަކެއް ފެނުނުއިރު ފުރަތަމަ ސެޓު ސިފައިން 25-20 އިން އަދި ދެވަނަ ސެޓު އެޗްޑީސީ 31-29 އިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓު އެޗްޑީސީން 25-20 އިން އަދި ހަތަރުވަނަ ސެޓު ސިފައިން 25-17 އިން ކާމިޔާބުކުރި އެވެ. އެންމެ ފަހު ސެޓު އެޗްޑީސީން 15-13 އިން ކާމިޔާބުކޮށް، އެ ޓީމުން މުޅި މެޗު އަނބުރާލި އެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެންގެ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކުޑަ ކާއްޓޭ (ވ)ގައި

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޗްޑީސީގެ ހުސައިން ޝަރީފް (ނަލަ ހުސައިން) އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޕޮލިހުގެ ޝާމިލް މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޒަންޓިމީރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910