ވީއޭއެމް

ލީގު ބުރުގެ ފަހު މެޗުންވެސް ރާއްޖެ ބަލިވެއްޖެ

ކިރްގިސްތާން އަދި ދިވެހިރާއްޖޭގެ ބައްދަލުކުރި މެޗުގެ ތެރެއިިން -- ފޮޓޯ: ވީއޭއެމް
0%
0%
0%

ސްރީ ލަންކާގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ލީގު ބުރުގެ އެންމެ ފަހު މެޗުގައި ވެސް ކިރްގިސްތާނު އަތުން ބަލިވެފަ އެވެ.

މި މެޗުގައި ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން 25-15، 25-21 އަދި 25-19 ގެ ނަތީޖާއިންނެވެ.

މި މެޗާއެކު ލީގު ބުރުގައި ކުޅުނު ފަސް މެޗުންވެސް ރާއްޖޭގެ ޓީމު ވަނީ ބަލިވެފަ އެވެ. ކޮންމެ މެޗެއްގައިވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

ކިރްގިސްތާން އަދި ދިވެހިރާއްޖޭގެ ބައްދަލުކުރި މެޗުގެ ތެރެއިިން -- ފޮޓޯ: ވީއޭއެމް

މުބާރާތުގެ އެހެން މެޗުތަކުގައި ނޭޕާލުން ވަނީ ތުރުކުމެނިސްތާން ބަލިކޮށް ފައިނަލަށް ގޮސްފަ އެވެ. އަދި އުޒްބެކިސްތާނުން ވަނީ ލަންކާ ބަލިކޮށްފަ އެވެ.

މުބާރާތުގެ ފައިނަލުގައި އުޒްބެކިސްތާނާއި ނޭޕާލު ވާދަކުރާއިރު، ލޯ މެޑެލް މެޗުގައި ތުރުކުމެނިސްތާނާއި ކިރްގިސްތާނު ބައްދަލުކުރާނެ އެވެ. ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށް ރޭންކިން މެޗެއްގަ އެވެ.

މި މުބާރާތް ކުރިއަށްދަނީ ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގަ އެވެ. މުބާރާތުގައި ވާދަކުރަނީ ޖުމުލަ ހަ ގައުމެކެވެ. އެއީ ރާއްޖެ، ސްރީލަންކާ، އުޒްބެކިސްތާން، ކިރްގިސްތާން، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910