މުހައްމަދު ބިން ސަލްމާން

އީރާންގެ ހާރިޖީ ވަޒީރު ވަލީއަހްދު މުހައްމަދާ ބައްދަލުކުރައްވައިފި

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގުޗީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަަނީ
0%
0%
0%

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގުޗީ، ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި މެދުއިރުމަތީގެ އެންމެ ފަހުގެ މައްސަލަތަކާއި، ލެބަނަން އަދި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކުރުމަށް އިރާންގެ ހާރިޖީ ވަޒީރު ކުރައްވާ ދަތުރެއް ކަމަށްވެ އެވެ.

އިރާންގެ ހާރިޖީ ވަޒީރު ސައުދީގެ ވަލީއަހުދާ ބައްދަލުކުރައްވާފައި މިވަނީ އިޒުރޭލުން އިރާނަށް ހަމަލާ ދޭން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

އިރާން އަދި ސައުދީ އަރަބިއާގެ ގުޅުން އަހަރުތަކަކަށްފަހު ރަނގަޅުވަމުން އައިސް މިހާރު ދެ ގައުމުގެ ގުޅުން އާންމު ހާލަތަކަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.

އިރާނާއި ސައުދީ އާއި ދެމެދު ސިޔާސީ ގުޅުން ކަނޑާލުމަށްފަހު ޗައިނާ މެދުވެރިވެގެން އެ ގުޅުން އަލުން މިހާރު ވަނީ އިއާދަކޮށްފަ އެވެ.

ސައުދީ އަރަބިއްޔާ އަދި އިރާން އަކީ މެދުއިރުމަތީގައި އެންމެ ވާދަވެރި، އެންމެ ނުފޫޒުގަދަ ދެ ބާރެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް ދެގައުމު ދޭތެރޭގައި ވާދަވެރިކަން ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910