ރައީސް އޮފީސް

ނޮވެމްބަރު 10 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

މިއަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ހަމަޖެއްސެވީ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11ވަނަ ހޯމަ ދުވަހަށް ވެފައި އެ ދުވަސް ބަންދުވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނެތި މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތް ހަމަޖެއްސެވުމުގެ ގޮތުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ކަލަންޑަރުގައި ވާގޮތުން ޖުމްހޫރީ ދުވަހުގެ ކުރިއަށް އަންނަނީ ރަސްމީ އާދިއްތަ ދުވަހަކަށް ވުމުން ޗުއްޓީ ދުވަސްތަކަށް މެދުކެނޑުމެއް އަންނަ ކަމަށެވެ.

ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަަރަކު ނޮވެމްބަރު 10ވަނަ ދުވަހެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކެވެ.

ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހާ ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ބާއްވަ އެވެ. މި އަހަރުގެ ޖުމްހޫރީ ދުވަހު ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރޭނެ އެވެ.