މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރާއްޖެ ފުރަތަމަ ފަހަރަށް ސީއާރްއެފްގައި ބައިވެރިވެއްޖެ

ގައުމުތަކުގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރަން ސިންގަޕޯގައި ކުރިއަށްދާ ކޯޕަރޭޓް ރަޖިސްޓާސް ފޯރަމް (ސީއާރްއެފް) ގައި ފުރަތަމަ ފަހަރަށް ރާއްޖޭ ބައިވެރިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ސީއާރްއެފްގެ ތެރެއިން ކޯޕަރޭޓް ބިޒްނަސް ރެޖިސްޓާސް ތަކަށް އަންނަ ކުރިއެރުންތައް ބަލައި އެކަންކަން ދިރާސާކޮށް އެ ފޯރަމްގައި ހިމެނޭ މެމްބަރުންނަށް ބައިނަލްއަގުއާމީ ފެންވަރުގައި ފުރުސަތުތައް ހޯދައިދޭނެ ކަމަށާއި ކޯޕަރޭޓް ބިޒްނަސް ރެޖިސްޓްރޭޝަންތައް ހިންގުމުގައި މިހާރު ކުރެވިފައި ހުރި ތަޖުރިބާތަކާއި ފަންނީ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ސިންގަޕޫރުގައި މިއަދު ނިންމާލާ ސީއާރްއެފްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި ރެޖިސްޓްރޭޝަން ޕޯޓަލްގެ ޕްރޮގްރާމާ ނަޝްވާން ޝާހިދެވެ.