އެމެރިކާގައި މިއަދު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ އެމެރިކާ ދިފާއުކުރުމުގައި ތަންފުކެއްވެސް ދޫނުކުރައްވާނެ ކަމަށްް ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވަނީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވަނީ މީގެ ކުރިން އެމެރިކާގެ ރައީސްކަން ކުރައްވައި އެއްދައުރު ފުރިހަމަކުރައްވާފަ އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމެއްގައި އެމެރިކާ ދިފާއުކުރަން ކުރައްވާނީ ކޮން ކަމެއްކަންވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ދިފާއުގައި މުޅި ގައުމު ވަށައި މިސައިލް ފުޅަފެއް އަޅަން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާ އަކީ ދުނިޔެ އިހުތިރާމް ކުރާ ގައުމެކެވެ. ބައިޑަންގެ ވެރިކަމުގައި އެމެރިކާގެ އަގު -- ދުވަހަކު ވެސް ދަށްނުވާ ވަރަށް ދަށްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ކެމްޕޭން އެއްވުންތަކުގައި ފޯރިގަދަކުރެއްވުމަށް ޓްރަމްޕް ވިދާޅުވީ މިސައިލް އުފައްދަނީ އެމެރިކާގައި ކަމަށާއި މިސައިލުން ފުޅަފެއްއެޅުން ވާނީ ކޭކުފޮއްޗަކަށް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ވެރި ރަށަށް ވުރެ ވަކިން ރީތި، ހިތްފަސޭހަ އަދި މީހުންނަށް އޯގާތެރި ރަށެއް ދުނިޔޭގައި ނޯންނަވަރު ކުރައްވާނެ ކަމަށެވެ. އެމެރިކާގެ ވެރިރަށް މުޅި ދުނިޔެއަށް ހިތްފަސޭހަ މާހައުލަކަށް ހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާގެ ވެރިކަމެއްގައި ދުނިޔޭގައި ބޮޑެތި ހަނގުރާމަތަކެއް ނުހިނގާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޣައްޒާ ހަނގުރާމަ އާއި ޔުކްރޭން ހަނގުރާމަ އަކީ ކުރަން ހެޔޮވާ ވަރުގެ ހަނގުރާމަތަކެއް ނޫން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ހަނގުރާމަތައް ހުއްޓުވާނެ ކަމަށެވެ. އަދި އިގުތިސާދީ ގޮތުން އެހެން އެއްވެސް ގައުމަކާ އަޅާ ނުކިޔޭ ވަރުގެ ގައުމަކަށް އެމެރިކާ ހައްދަވާނެ ކަމަށެވެ.
އެމެރިކާގެ ވެރިރަށް ވަށައި އައްޑަނަތައް އަތުރާލާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. މި ޒަމާނުގެ އައްޑަނަ އަކީ މިސައިލުން ދިފާއުވާ ނިޒާމުތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.