ދުނިޔެ

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ގޭދޮށުގައި ބަޑިޖަހައިފި

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން -- ވަޒީރު ގޭދޮށުގައި ބަޔަކު ބަޑިޖެހި ނަމަވެސް އޭނާ ހުންނެވީ ހެޔޮ ހާލުގައި ކަމަށް ފުލުހުން ބުނި
0%
0%
0%

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ދިރިއުޅުއްވާ ގޭދޮށަށް ބަޔަކު ބަޑިޖަހައިފި އެވެ. ބަޑިޖެހި ވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު އެމްއެސްއެންބީސީއަށް ބުނި ގޮތުން، އެތައް ފަހަރަކު ބަޑިޖެހި އަޑު އިވުނެވެ.

ވޮޝިންގްޓަންގެ ފުލުހުން ބުނި ގޮތުން، ބަޑިޖެހުމާ ގުޅިގެން ޔެލެންގެ ހަށިކޮޅަށް އަދި ޖާނަށް ނުރައްކާވާ ވަރުގެ ކަމެއް ނުހިނގަ އެވެ. އަދި ވަޒީރު ހުންނެވީ ހެޔޮ ހާލުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން، އަންނަ ޖެނުއަރީ 20 ގައި މަގާމު ދޫކޮށްލައްވާއިރު، އޭނާގެ ސަރުކާރުގެ ވަޒީރުން ވެސް މަގާމު ދޫކޮށްލައްވާނެ އެވެ. މިހެންކަމުން -- އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮަނަލްޑް ޓްރަމްޕް ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ހިސާބުން ޔެލެންގެ ވަޒީފާ ވެސް ގެއްލޭނެ އެވެ.

ނިއުޔޯކް ޓައިމްސް ނޫހުގައި މި ޚަބަރު ގެނެސްދީފައި އޮތް ގޮތަށް ބަލާއިރު، ޔެލެންގެ ގޭދޮށުގައި ބަޑީގެ އަޑުފަށްގަނޑެއް އިވުނީ ކާރެއް ވަގަން ނަގަން އުޅުނު ބަޔަކަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމާ ގުޅިގެންނެވެ.

ފުލުހުންނާއި ވަގުންނާ ދެމެދު ބަޑިން ހަމަލާ ބަދަލުކުރުމަށް ފަހު -- ފުލުހުންނަށް އޮޅުވާލައި ވަގުން ކާރެއްގައި ފިލީ ކަމަށްވެސް ނިއުޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.

އެމެރިކާގައި ބަޑި ގެންގުޅުން ހައްދުކޮށްފައި ނެތުމުން، ބަޑި ހިފައިގެން ގުރޫޕުންތަކުން ސަރުކާރުގެ އިމާރާތްތަކަށާއި ސްކޫލް، ޔުނިވާސިޓީތަކަށް ވަދެ ހަމަލާ ބަދަލުކޮށް އެތައް ދަރިވަރަކު ވަނީ މަރާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345