ހަބަރު

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއެމްސީ އިން ބުނީ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް ނަން ހުށަހަޅައި މުއްދަތު އިތުރުކުރަން މަޝްވަރާ ކުރެވުނު ކަމަށާއި މިހާރު އިނާމަށް ހުށަހެޅުމުގެ މުއްދަތު މިމަހު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އެކައުންސިލުން ބުނީ މުއްދަތު އިތުރު ކުރުމަށް ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

މިއަހަރު ހަތް ދާއިރާ އަކުން ނޫސްވެރިކަމުގެ އެވޯޑު ދޭން ހަމަޖެހިފައިވެއެވެ. އެއީ ވީޑިއޯ ޖާނަލިޒަމް ދާއިރާ ސިޔާސީ ދާއިރާ، ކޯޓާއި ޝަރުއީ ދާއިރާ، ކުޅިވަރު ދާއިރާ، ވިޔަފާރި އަދި އިގްތިސޯދީ ދާއިރާ، ފޮޓޯ ޖާނަލިޒަމް ދާއިރާ، އިޖުތިމާއީ ދާއިރާ، އެވެ. އެމްއެމްސީ އިން ބުނިގޮތުގައި އަމިއްލަ ފަރުދަކަށް ނުވަތަ މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން ހުށަހެޅޭނެ އެވެ.

އިނާމް ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މެއި އެއްވަނަ ދުވަހުގެ ރޭ އެވެ.