މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިންގެ އެވޯޑް ހަފުލާ މިރޭ

Oct 11, 2017
2

ރާއްޖޭގެ ނޫސްވެރިން އަހަރު ދުވަހުގެ ތެރޭގައި ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދޭ ގާލާ އިވެންޓް މިރޭ މާލޭގެ ދަރުބާރުގޭގައި އޮންނާނެ އެވެ.

މިރޭ އޮންނަނީ މިދިއަ އަހަރުގެ އިނާމު ތަކުގެ ހަފުލާ އެވެ. މީގެ ކުރިން މި އިނާމުތައް ދެމުން އައީ ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ މޭ މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެރިން ގާލާ ނައިޓް އަހަރުގެ މި ހިސާބަށް ފަސްވީ އެވެ.

މިރޭ ނޫސްވެރިކަމުގެ އިނާމު، އަށް ދާއިރާއަކުން ދެއެވެ. އެ ދާއިރާތަކުގެ އިނާމަށް 45 ފަރާތެއް ކުރިމަތިލި އެވެ.

އިނާމު ދޭ ދާއިރާތައް

  • އިޖުތިމާއީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • ފީޗަރ ލިޔުމުގެ ދާއިރާ
  • އެންމެ އުއްމީދީ ނޫސްވެރިޔާ

މީގެ ތެރެއިން ފީޗަރ ލިޔުމުގެ ދާއިރާއަކީ އަލަށް އިނާމު ދޭ ދާއިރާއެކެވެ. މި ގާލާ ގައި ނޫސްވެރިކަމުގެ ދާއިރާ އިން ލައިފްޓައިމް އެޗީވްމަންޓް އިނާމު ވެސް ދޭނެ އެވެ.