ހަބަރު

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ބ. އޭދަފުށީގައި ގާއިމްކޮށްފި

ގުރުއާނުގެ އިލްމު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަރުވައި ދީނީ އިލްމު އާލާކުރުމުގެ ގޮތުން ބ. އޭދަފުށީގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމްކޮށްފި އެވެ.

އޭދަފުށީ ކައުންސިލާއި ގުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން މިއަދު އުފެއްދި އެ ގޮފީގެ ފަރާތުން އެ އަތޮޅުގައި ކީރިތި ގުރުއާން ތަޖުވީދަށް ކިޔަވަން ދަސްކޮށްދޭ ކޯސްތަކާއި އިމާމުން އުފައްދަން ހިންގާ ކޯސް ފަދަ ދީނީ ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގާނެ ކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުންޏެވެ.

އޭދަފުށީގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވުމަށް މިއަދު ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އަލްއުސްތާޒް އިބްރާހިމް ރަޝީދް މޫސާ އެވެ. ބ. އޭދަފުށީ ކައުންސިލްގެ ފަރާތުން އެ ޝެއިހް އަބްދުލް މަޖީދް މުހައްމަދު އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، އޭދަފުށީގައި އެ މަރުކަޒުގެ ގޮތްޕެއް އުފެދުމާ އެކު އެ މަރުކަޒުގެ ގޮފިތަކުގެ އަދަދު 12 އަށް އަރައިފި ކަމަށެވެ. އެއީ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިހާރު އިސްލާމިކް މިނިސްޓްރީން ބޭނުން ވަނީ ދާދި ފަހުން މާލޭގެ ސްކޫލް ކުދިންނަށް ފެށި ކީރިތި ގުރުއާން ދަސްކޮށްދޭ ކޯސްތައް ބައެއް ރަށްރަށުގައި ވެސް މި އަހަރު ފެށުމަށް ކަމަށެވެ.