މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުންތަކެއް ދިން މީހާ ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ ގ. މާލެހިޔާ، ނައުޝާދު މޫސާ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުރުގާން މިސްކިތަށް ދީފައިވާ ގެއްލުންތަކުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާއިރު ވީޑިއޯ އިން ފެންނަ ގޮތުން މިސްކިތުގެ އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކަށް ވަނީ ގެއްލުން ދީފަ އެވެ. މީގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި ގެއްލުންދީފައިވެ އެވެ. އަދި މިސްކިތުގައި ހުރި މުސްހަފްތައް މުޅި ތަނަށް ވަނީ އުކާލާފަ އެވެ.
ފުރުގާން މިސްކިތަށް ގެއްލުން ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއް ގައެވެ.