ހަބަރު

މިއަދު ފެށި އޮޕަރޭޝަންގައި 11 މީހަކު ހައްޔަރުކޮށްފި

Mar 21, 2016

މާލެ އާއި ވިލިމާލޭގެ ދެ ގެއަކަށް ފުލުހުން ވަދެ އެ ދެ ގެ ބަލައި ފާސް ކުރަން ފަށައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ. މާލެއިން މިއަދު ފުލުހުން ވަދެފައި ވަނީ ވަނީ މ. ޖޭޑް އަށެވެ. ވިލިމާލޭގައި ވަނީ ކޮންގެއެއް ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ އެ ދެ ގެއަށް ވަދެ ބަލައި ފާސް ކުރަނީ ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމަށާއި އޮޕަރޭޝަންގައި ވިލިމާލެއިން 4 މީހުން އަދި މާލެއިން 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ގޭގެއަށް މިއަދު ފުލުހުން ވަން އިރު ފޮރެންސިކް ފުލުހުންނާއި އެސްއޯ ފުލުހުން ވެސް ހިނެމެ އެވެ. މާލެއިން ވަން ޖޭޑަކީ މާލޭގައި މީގެ ދެ ދުވަސް ކުރިން ހިނގި ހަމަނުޖެހުމުގެތެރޭގައި ވެސް ފުލުހުން ވަން ގެއެއް ކަމަށް ވެއެވެ.

ނަމަވެސް އެ ގެއަށް ވަނީ ކޮން ކަމަކާ ގުޅޭ އޮޕަރޭޝަނެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. މާލެ އާއި ވިލިމާލޭގައި ކުރިޔަށްގެންދާ އޮޕަރޭޝަން މިހާރުވެސް ކުރިޔަށް އެބަދެ އެވެ.