އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފި އެވެ.
ބޯޓު ފަރަށް އަރާފައި އޮތީ ނިލަންދޫ ހުޅަނގު އުތުރު ފަރާތުންނެވެ.
ބޯޓުގައި ތެޔޮ ހުރުމުން ބޯޓަށް ގެއްލުމެއް ލިބިފައިވޭތޯ ކަމާ ގުޅޭ އިދާރާތަކުން ދަނީ ނިލަންދޫ ކައުންސިލާ ގުޅިގެން ބަލަމުންނެވެ.
ނިލަންދޫ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ ބޯޓު އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފައި ކަމަށާއި ނަމަވެސް ފުންކުރުމުގެ މަސައްކަތް އަދި ކުރިއަށް ނުދާ ކަމަށެވެ.
ބޯޓު ފަރަށް އެރި މައްސަލައިގައި އެފްއެސްއެމް އަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.