ގއ. ނިލަންދޫ

ވަކި ކުއްޖަކަށް ކެޕްޓަންކަން ދޭން އުޅުނު ޓީޗަރަކު ސަސްޕެންޑްކޮށްފި

ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒު
0%
0%
0%

ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަންގެ މަގާމު ވަކި ކުއްޖަކަށް ދޭން މާކްސް ބަދަލުކުރުމުގެ ތުހުމަތުގައި ސްކޫލުގެ ލިޑިން ޓީޗަރެއް ކަމަށްވާ ޔާސިރު އަބްދުއްނާސިރު އެޑިޔުކޭޝަން މިނިސްޓްރީން ސަސްޕެންޑުކޮށްފި އެވެ.

މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީން ކުރި ސަސްޕެންޝަން އުވާލާފަ އެވެ. ނަމަވެސް ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުން ލިޔެކިޔުމަށް ބަދަލު ގެނައުމަކީ ވަގުތުން ސަސްޕެންޝަން އަންނަ، ތިންވަނަ ދަރަޖައިގެ ކުށެކެވެ. އަދި އަނބުރާ ވަޒީފާއަށް އާދެވޭނީ ކުރިން ހުރި މަގާމަށް ވުރެ ދަށް މަގާމަކަށެވެ.

ޔާސިރު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން އޭނާ ވަޒީފާއަށް ނުކުމެފައިވަނީ ލީޑިން ޓީޗަރުގެ މަގާމު އެހެން މަގާމަކަށް ވަޒީފާ ދަށްކުރި ފަހުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނިންމުން ބަލައިނުގަނެވޭތީ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޔާސިރުގެ މައްސަލަ އަލުން ބަލައިދިނުމަށް ސީއެސްސީގައި އެދިފަ އެވެ.

ޔާސިރުގެ އަމަލާ ގުޅިގެން ސްކޫލުގެ މެނޭޖްމަންޓް (އެސްއެމްޓީ)ގެ ތެރޭގައިވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

ސްކޫލުން މިހާރު ވަނީ ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިން ލީ ވޯޓު ބާތިލްކޮށް، އާ އުސޫލެއް ހެދުމަށް ނިންމާފަ އެވެ.

ޔާސިރަކީ ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ޓީޗަރެކެވެ. ލީޑިން ޓީޗަރެއްގެ މަގާމަށް އޭނާ ބަދަލުކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

ޔާސިރުގެ އަމަލާ ގުޅިގެން ބައެއް ބެލެނިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ސްކޫލާ މެދު އޮންނަ އިތުބާރު ގެއްލިފައިވާ ކަމަށްވެސް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910