ސިވިލްސާވިސް ކޮމިޝަން

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ސަސްޕެންޑުކޮށްފި

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ. އިއްޔެގެ ވަގުތެއްގައި ވަނީ އޭނާ ސަސްޕެންޑުކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ސަސްޕެންޑުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަހްމަދު ސަސްޕެންޑް ކުރީ އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އަހްމަދު ސަސްޕެންޑް ކުރި ނަމަވެސް އޭނާގެ ފަރާތުން އެ މިނިސްޓްރީއަށް އަދި މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"ދެން ކޮމިޝަނުން ބަލަމުންދާ މައްސަލަ ސާފުވީމާ އެ މައްސަލައިގައި އެއްޗެއް ބުނަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ސަސްޕެންޑް ކުރީ މުސާރަ ހިނގާ ގޮތަށް 30 ދުވަހުގެ މުއްދަތަކަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަހްމަދު އަލީ އައްޔަން ކުރީ ނިމިދިޔަ ސަރުކާރުގައި ޖޫން 13، 2019 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910