ރައްޔިތުންގެ މަޖިލިސް

މުޖުތާޒުގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް

މުހައްމަދު މުޖުތާޒު
0%
0%
0%

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ މއ. ސިގްމާ، އަލްއުސްތާޒު މުހައްމަދު މުޖުތާޒަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ ކުރިން ސީއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އެ ކޮމިޝަންގެ ނައިބް ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ތައްޔާރުވަމުން ދަނިކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިބްރާހީމް ރަޝީދުގެ އިސްތިއުފާ އާއި ގުޅިގެން ސީއެސްސީ މެންބަރު ކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީވެސް މުޖުތާޒުގެ ނަން އެކަންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުޖުތާޒުގެ ނަން ހުށަހެޅުމާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފަ އެވެ.

މުޖުތާޒު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވެ އެވެ.

އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ. ސީއެސްސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފް އަދި ފާތިމަތު ހަބީބާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910