ރައްޔިތުންގެ މަޖިލިސް

ސީއެސްސީގެ މެންބަރުކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވުމުން އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ސީއެސްސީގެ މެންބަރުކަމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވެވި ނަންތައް

  • އަބްދުލްހަސީބު އިސްމާއީލް، ދަފްތަރު ނަންބަރު ރސ 7505
  • ފާތިމަތު ހަބީބާ، ދަފްތަރު ނަންބަރު ރސ 9472
  • މަރްޔަމް ޝާހިދާ، މއ. ފޮރެސްޓް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.