ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ފިޔަވަޅު އެޅުމަށް ރަޝިޔާއިން ގޮވާލައިފި އެވެ.
ރަޝިޔާއިން ވަނީ ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި އެއްބަސްވުމަށް، އިދިކޮޅު ހަނގުރާމަވެރިން ޚިލާފުވި ކަމަށް ބުނުމާއެކު ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި އެމެރިކާއާއެކު ކުއްލި ބައްދަލުވުމަކަށް ވެސް އެދިފައި ވެއެވެ.
ރަޝިޔާއިން މިހެން ބުނި އިރު ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންނާއި ސީރިޔާގައި ހަރަކާތްތެރިވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބައްޝާރުގެ ސަރުކާރު ކޯލިޝަނުން ވެސް އެއްބަސް ވުމާއި ހިލާފުވި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނަނީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ޖެހިލުން ނުވާނެ ކަމަށާއި ދިކޮޅު ހަނގުރާމަވެރިންނާއި ދެކޮޅަށް މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރަޝިއާއިން އިއްޔެ ބުނެފައި ވަނީ ސީރިޔާގެ އިދިކޮޅު ހަނގުރަމާވެރިންނާއި ދެކޮޅަށް ފިޔަވަޅު އެޅުން ފަސް ކުރުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.