ހަބަރު

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް

Mar 22, 2016

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ސިންގަޕޯ އެއާލައިންސްގެ ފްލައިޓްގަ އެވެ. އެހެން ނަމަވެސް އެއީ ނުރަސްމީ ދަތުރަކަށް ވާތީ އެ ދަތުރުގެ ތަފްސީލްތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި ވަޑައިގެންނަވާނެ ދުވަހެއް ވެސް ނުބުނެ އެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. މިއީ ރައީސްއަށް އަމާޒުކޮށް ދެވުނު ހަމަލާއަށް ފަހު އެމަނިކުފާނު ބޭރަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ތައިލެންޑަށާއި ސިންގަޕޫރަށް އެ ދެކަނބަލުން ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.